English Edition
Dhivehi Edition

ނުދަންނަ މީހުނާ ވާހަކަ ދައްކަން ފެށުމުން ތިމާގެ ހަޔާތަށް އާ ބަދަލު ތަކެއް އަންނާނެއެވެ. އާ ދޮރުތަކެއް ހުޅުވި އާ މަންޒަރުތަކެއް ފެންނަން ފަށާނެއެވެ.

ނުދަންނަމީހަކާ ދިމާވާހިނދު ލޮލަށް ބަލާލުމަށް ފަހު، ހެލޯ ނުވަތަ ރީތި ދުވަހެއް، ނުވަތަ ކިހިނެއްތަ އަހާލުމަކީ ކިޔޯ ސްޓާކް ކުރާކަމެކެވެ.

މިގޮތަށް ނުދަންނަ މީހުންނާ ވާހަކަ ދެއްކުމުން އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު އަހާލައެވެ. “މަންމާ، އެއީ ދަންނަ މީހެއްތަ؟ ނޫނީ ރައްޓެއްސެއްތަ؟” މިއަށް އޭނާ ޖަވާބު ދެނީ، “ނޫން ދަރިފުޅާ، އެއީ ނުދަންނަ މީހެއް.”

މިކަން އޮޅުން ފިލުވާ ދިނުމުގެ ގޮތުން ކިޔޯ ބުންނެވެ.

“މިފަދަ ބަސްތަކެއްގައި އެއްވެސް މާނައެއް ނުހުރޭ. ބޭނުމެއް ނުފުދޭ. އެމީހާގެ ހާލު އެހުމުގެ ބޭނުމެއްވެސް އަސްލުގައި ނުމެ ނެތްމެ.

މީގަ އޮންނަނީ އެހެން މާނައެއް. އެއީ އިޖްތިމާއީ މާނައެއް.

އަހަރެން ހުންނަނީ ނުދަންނަ މީހުންނާ ވާހަކަ ދައްކާހިތުން މޮޔަވެފަ. އަހަރެން އެމީހުންގެ ލޮލާ ލޯ ބައްދަލުކޮށްލަން. އަހަރެން ބުނެލަން ހަލޯއޭ. އަހަރެން އަހަން ކިހިނެއްހޭ؟ އަހަރެން އެހީވާން ތައްޔާރުވަން. އެމީހުން ކިޔާދޭ ވާހަކަ އަޑު އަހަން.

މީގެ ހަތް އަހަރު ކުރީން އަހަރެން މިކުރާ ކަންތައް ލިޔެ މީ އަހަރެން ކީއްކުރަން ކުރާ ކަމެއްތޯ ދިރާސާއެއް ކުރަން ފެށިން.”

ކިޔޯ އޭނާގެ ތަޖްރިބާތައް ކިޔާދިނެވެ.

“އަހަންނަށް ފެނުނު ގޮތުގައި މިކަމުން ނުކުންނަނީ އުފާވެރި ނަތީޖާއެއް. ޅެމުގައި ހުންނަ ފަދަ ފުން މާނައެއް. ތަފާތު އަސަރުތަކެއް. ހީވެސް ނުކުރާ ކަހަލަ ހިތްހަމަ ޖެހުމެއް ލިއްބައިދޭ. އަދި ހަގީގީ ޖަޒްބާތީ ގުޅުންތަކެއް ގާއިމުވެގެންވެސް ދޭ. އެއީ މިނިވަންކަމެއްގެ އިހްސާސްތަކެއް ލިބިގެންދާ ކަމެއް.

 

އެއްދުވަހަކު އަހަރެން ހުރީ ޓްރެފިކް ލައިޓް ބަދަލުވަންދެން މަގާ ވަރަށް ކައިރީގައި. އެއީ ވިއްސާރަ ވައިބާރު ދުވަހެއް. އަހަރެން ހުރީ އަވަހަށް ދާން ތައްޔާރުވެގެން. އަހަންނަކީވެސް ނިއުޔޯކްގަ އުޅޭ އަވަދި ނެތް މީހެއް. އަހަރެންގެ ކައިރީގައި މުސްކުޅިވަރެއްގެ މީހަކު ހުރި. ހުރީ ދިގު ކޯޓެއްލާފައި ބާ ތޮއްޕެއް އަޅައިގެން. އޭނާ ބުނެފި، ‘ތިތާ ނުހުރޭ، ކަލޭ ގެއްލިދާނެ.’

އޭނާ އެހެން ބުނީމަ އަހަރެން އެއްކައިރިއަށް ޖެހިލީމެވެ. ދެން އޭނާ ބުންޏެވެ. ‘ރަނގަޅު. މީ ވެދާނެ ގޮތެއް. އަހަރެން މިތާ ހުއްޓާ ކަލޭ ވިސްލާފައި ގޮސް ގެއްލިދާނެ.’

މީ ސޭކުކަމެއް.. އެކަމަކު އޭނާ ހުރީ އުފަލުން. އެއީ މީހެއްގެ ފުރާނަ ސަލާމަތް ކޮށްދެވުނީތީ ވެފައި ހުރި އުފަލެއް.’

މިއީ އުފެދުނު ގުޅުމެއް. ކުޑަ ހިނދުކޮޅަކަށް އަހަރެން ދިރިއުޅޭކަން މީހަކަށް ފާހަގަވި ކަމުގެ ފިކުރު އަހަންނަށް އައި. އަދި އަހަންނަކީ ދިރި ބަހަށްޓަން މީހުން ބޭނުންވާ މީހެއްކަން ވެސް އެނގުނު.

ހަގީގީ ހިތާމައަކީ ދުނިޔޭގެ އެކިތަންތަނުގައި އާންމުކޮށް ގަބޫލު ކުރެވިފައި އޮންނަނީ ނުދަންނަ މީހުންނީ ނުރައްކާތެރި ބައެއް ކަމަށް. އަހަރެމެންނަކަށް އެމީހުންނަކަށް އިތުބާރެއް ނުކުރެވޭނެޔޭ، އެމީހުން އަހަރެމެންނަށް އަނިޔާއެއް ކޮށްފާނެޔޭ ހިތަށް އަރާފަ.

އެކަމަކު ނުދަންނަ އެންމެންނަކީ ނުރައްކާތެރި ބައެއް ނޫން. އަހަރެމެންނަށް އުނދުލަކީ އެމީހުންގެ ހަގީގަތް ނޭނގޭކަން. އެމީހުން ކަންތައް ކުރާނެ ގޮތެއް ނޭނގޭ. އެހެންވެ ޚިޔާލީގޮތުން އަހަރެމެން އެމީހުން ގިންތި ކުރަނީ ނުދަންނަ މީހުންގެ ގޮތުގައި.

އަހަރެންގެ ދަރިފުޅު އަހަރެން ނުދަންނަމީހުންނާ ވާހަކަ ދައްކާތީ ކުރި ސުވާލަށް އަހަރެން ދިން ޖަވާބަކީ، “ރަހުމަތްތެރި ގޮތުގައި އުޅުމަކީ ރަނގަޅު ގޮތެކޭ.”

ކިޔޯގެ ތަޖްރިބާ ހިއްސާ ކުރީ މިގޮތަށެވެ.

އަހަރެން މިހެން ބުނާ ކޮންމެފަހަރަކު އަހަރެން ދެފަހަރަކު ވިސްނާލަމެވެ. މަގުމަތިން ފެންނަ ކޮންމެ މީހެއްގެ ހިތުގައި އޮންނަނީ ކޮން އެދުމެއް ކަމެއް އަހަންނަކަށް ނޭނގޭނެއެވެ. ވަކީން ޚާއްސަކޮށް އަހަރެން މީ އަންހެނެއް ވީމައެވެ.

ރައްޓެހިކަން ބޮޑުކޮށް އުޅުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު ރައްޓެހިކަން ނުބާއްވަންވީ ކޮން އިރަކުކަންވެސް ދަންނަން ޖެހޭނެއެވެ. މީގެ މާނައަކީ އަހަރެމެން ތިބެންވާނީ އަބަދު ބިރުންނެކޭ ނޫނެވެ.

ބިރަށް ވުރެން ބޮޑަށް ތިމާގެ ހިއްސުތަކުގެ ބޭނުން ހިފުން ބޭނުންތެރިއެވެ.

އަހަރެމެންނަށް ފެންނަނީ ފިރިހެނުންނާ އަންހެނުންނެވެ. ދުވަސްވީ މީހުންނާ ކުދިންނެވެ. ކަޅާ ދޮނެވެ. އެކި ސިފަސިފައިގެ މީހުންނެވެ. ބޭރުފުށުން ބަލާފައި އަހަރެމެން މީހުންނާ މެދު އަހަރެމެން ހީކުރާ ގޮތެއް ކަނޑައަޅަމުއެވެ. އެކި މީހުންނާ މެދު ވަކި ގޮތެއް ވިސްނުމަކީ ވަކި މިވެނި ސަބަބަކާ ހެދި އަހަރެމެން ކުރާ ކަމެކޭ ބުނެވޭކަން ނެތެވެ. އެއީ އަހަރެމެންގެ ސިކުނޑި ނިންމާ ނިންމުމެކެވެ. އެމީހުން ފަރުދީ ގޮތުން ދެނެގަތުމުގެ ބަދަލުގައި އެއީ ނުދަންނަ މީހުންކަމަށް ހަދާފައި އެހާ ހިސާބުން ކުރުކޮށްލަނީއެވެ.

އަހަރެން ދަންނަ އަންހެނަކު އެކަނި ދުނިޔޭގެ އެކިތަންތަނަށް ދަތުރު ކުރެއެވެ. އޭނާ ދާތަނެއްގައި އޭނާ ދަންނަ މީހަކު ނުހުރެއެވެ. އޭނާ ދަނީ ފުރިހަމަ ބީރައްޓެއްސެއްގެ ގޮތުގައެވެ. އޭނާ ހަދާ ގޮތަކީ ކޮންމެވެސް އެކަކަށް އޭނައަކީ ވެސް މީހެއްކަމަށް ދެއްކެނީއެވެ. އެއީ ކުރެވިދާނެ ކަމެކެވެ. ދެން އޭނާ މީހަކާ އެކު ޒާތީ ގުޅުމެއް ބާއްވަނީއެވެ. މިއީ ހިލޭ މީހަކާ ބާއްވަން ޖެހިލުންވާނެ ގުޅުމެއް ވެސްމެއެވެ. އަހަރެން މިބުނަނީ އެފަދަ ގާތްކަމަކުން ބޮޑު އުފަލެއް ލިބިގެންދާނެ ވާހަކައެވެ. މިސާލަކަށް އަހަރެން ވިއްސާރަޔާއެކު ވިއްސައިގެން ދިއުމުން އެމީހާ ސަލާމަތް ކޮށްދިނީތީ ލިބުނު ކަހަލަ އުފަލެކެވެ.

މިސާލަކަށް ރޭލެއްގެ ތެރޭން ދިމާވާ މީހަކާވެސް ތެދުވެރި ޒާތީ ގާތްކަމެއް އުފައްދަންވީހެއްޔެވެ؟ ބައެއްފަހަރު އަހަރެމެންގެ ގާތް މީހުންނާ ހިއްސާ ނުކުރެވޭ ފުން އިހްސާސްތައް ވެސް ހިލޭ މީހަކާ ހިއްސާ ކޮށްލެވިދާނެއެވެ. އަހަރެމެން އެދައްކާ ވާހަކަ ދުރުހިލޭ މީހުންނަށް އޮޅުންފިލާވަރު މާބޮޑެވެ. މިއީ ގިނަ ބަޔަކު އެއްބަސްވާ ކަމެކެވެ. އަނބިމީހާއާ ނުވަތަ ފިރިމީހާއާ ނުދެއްކޭ ވާހަކަތައް ހިލޭ މީހަކާ ހިއްސާ ކޮށްލެވިދާނެއެވެ.

މިފަދަ ގާތްކަމަކީ އަހަރެމެންގެ އާއިލާއާއި ރައްޓެހީން ބޭނުންވާ ފަދައިން އަހަރެމެންނަށް ބޭނުން ވެފައިވާ ކަމެކެވެ. ވީއިރު އަހަރެމެންނަށް ނުދަންނަ މީހުންނާ ގުޅުން ނުބޭއްވޭނީ ކީއްވެ ހެއްޔެވެ؟

މިވާ ގޮތަކީ އެމީހާއަކީ ދުވަހަކުވެސް ދެން އަލުން ދިމާ ނުވާނެ މީހެއްކަން އެނގޭއިރު ހަގީގަތަށް އެއްޗެއް ބުނެލަން ނިކަން ފަސޭހަވާނެއެވެ. އެގޮތަކީ އޭގެ ނޭދެވޭ ނަތީޖާއެއް ނުނިކުންނާނެތީއެވެ.

އަނެއް ސަބަބަކީ އަދި މާ އަޖާއިބު ސަބަބެކެވެ. އަހަރެމެންގެ ގާތް މީހުންނާ ވާހަކަ ދެއްކޭ އިރު އަހަރެމެން ވަކި ގޮތްތަކެއް ދައްކަން ޖެހެއެވެ.

އަދި އަހަރެމެން ދެކެނީ އަހަރެމެންގެ ހިތުގައި ހުންނަ ވާހަކަތައް އެމީހުންނަށް އެނގެންވާނެ ކަމަށެވެ. މިސާލަކަށް ޕާޓީއަކަށް ގޮސް އުޅޭ އިރު އަނެކަކު ކުރާ ހަރަކާތަކުން އޭނާ އަވަހަށް ގެޔަށް ދާން ބޭނުންކަން އަހަރެމެން ދަނެގަންނަމު އެވެ.

އެކަމަކު ދުރުހިލޭ މީހެއް ނަމަ އެކަންތަކެއް އެމީހަކަށް ވިސްނައެއް ނުގަނެވޭނެއެވެ. އަހަރެމެން ޖެހޭނީ ބުނާށެވެ. އަހަރެމެން ޖެހޭނީ އެމީހުންނަށް ހުރިހާ ކަމެއް އޮޅުންފިލުވާދޭށެވެ. އަހަރެމެން އެމީހުންނާމެދު ދެކޭގޮތް ވެސް ބުނެދޭށެވެ. އަހަރެމެން ކިޔާ ޖޯކުތައްވެސް މާނަކޮށްދޭށެވެ. މިގޮތުންވެސް އެމީހުންނަށް އަހަރެމެން ދަސްވަނީ ވަރަށް ކުޑަކޮށްނެވެ.

 

ކިޔޯ އޭނާގެ ވާހަކަތައް ކުރިޔަށް ގެންދަމުން ބުންޏެވެ. “މިހާރު ތިއެންމެންނަށް ވެސް އެނގޭނެ ނުދަންނަ މީހުންނާ ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް ކަން. އެކަމަކު އެކަން ކުރެވޭނީ ކިހިނެއްތޯ ބަލަމާ ހިނގާ.

އަހަރެމެން ޖެހޭނީ ނުލިޔެ ހުންނަ ގަވާއިދަކަށް ތަބާވާން. އެގަވާއިދެއް ބިނާވެފައި އޮންނަނީ އެގައުމެއްގައި ކަންތައް ހުންނަ ގޮތެއްގެ މައްޗަށް.

މިހާރު، އެމެރިކާގައި އޮންނަ ގޮތަކީ ދުރުން ދެމީހަކު އެކަކު އަނެކަކާ ދިމާއަށް އަންނަ ނަމަ އެކަކު އަނެކަކަށް ބަލައިލުން. އެކަމަކު ކައިރިއަށް އައުމުން އެކަކު އަނެކަކާ ދުރަށް ބެލުން. އެއީ އަނެކާ ދެކެފި ކަން ދެއްކުމަށާއި އަނެކާގެ މިނިވަންކަމަށް ހުރުމަތްތެރިކޮށް ހިތާކަން ދެއްކުމަށް. މިއީ އާންމު ގޮތެއްގައި އެމެރިކާގެ ގިނަ ހިސާބުތަކުގައި ކަންތައް ހުންނަ ގޮތެއް. އެހެނިހެން ގައުމުތަކުގެ އާދަކާދައިގެ ތަފާތު ހުރެދާނެ. ބައެއް މީހުން އެއްގޮތަކަށްވެސް އެކަކު އަނެކަކު ފެންނަ ކަމަކަށް ނުހަދާނެ. އަދި ގުޅުމެއް އުފައްދާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވާނެ. މީހަކު ވާހަކައެއް ދައްކަން އުޅޭހެން ހީވިޔަސް އަވަހަށް އެހެން ދިމާއަކަށް އެނބުރި އެހެން ކަމެއްގައި އަވަދިނެތި އުޅޭގޮތް ދައްކަން ފަށާނެ. ބައެއް މީހުން ބަހަށް އަރަން އައިސް ތިބެފަ ވެސް މީހަކާ ވާހައެއް ދައްކަން ޖެހޭހެން ހީވެއްޖެނަމަ އެބަހަށް ނާރާ ހިނގައިދާނެ އެވެ. މީހަކާ ވާހަކަ ދައްކަން އުޅޭހެން ހީވާނަމަ ބަސް އެބަ ކަޓުވާލާ. ޑެންމާކުގެ މީހުން ކަންތައް ހުންނަނީ މިހެން ކަމަށް އެނގިފައިވޭ. އެކަމަކު މިސްރުގައި މީހަކު ބަހެއް ނުބުނެ ދިއުމަކީ ހުތުރުކަމެއް ކަމަށް ބެލެވޭ. އެމީހުން ނުދަންނަ މީހުންނާ ވާހަކަދައްކާނެ. ނޫނީ ފެންފޮދަކަށް އެދޭނެ. އަދި މީހަކު ތަނަކަށް ދާނެ ގޮތެއް ނޭގިގެން އޮޅުންފިލުވައިފި ނަމަ ގޮވައިގެން ގެޔަށް ގެންގޮސް ސައި ދީވެސް ހަދާނެ. އެއީ ބީރަށްޓެހީންނަށް މެހެމާންދީރީ އަދާކުރާ ބައެއް.

ބައެއް އާދަކާދަ ތަކުގެ މީހުން ‘އެކްސްކިއުޒްމީ’ އޭ ބުނެލަންވެސް ބޭނުމެއް ނުވޭ. އޭނާ ބަލާނީ އެހެން ނުބުނެ އެހެން ގޮތަކުން ކުރިޔަށް ދެވޭތޯ.

މިހުންނަނީ ލިޔެފައި ނުހުންނަ ގަވާއިދުތަކެއް. އެކަމަކު މިއީ ކޮށްލެވިދާނެ ތަޖްރިބާއެއް.

މީހަކާ ދިމާވުން ލޮލާ ލޯ ބައްދަލު ކޮށް ހިނިތުންވެލާ. އޭނާ ހިނިތުންވެލި ނަމަ އެއީ ހެޔޮފާލެއް. އެހެންނޫނީ ތިންވަނަ އެއްޗެއްގެ އެހީހޯދާ. މިސާލަކަށް އެހެން ކޮންމެވެސް އެއްޗެއް ދެމީހުންނަށްވެސް ފެންނަން ހުރިނަމަ އެއަކާ ބެހޭ އެއްޗެއް ބުނެލާ. އެއީ ރީތި އެއްޗެކޭ، ނުވަތަ، މިތަން ހާދަ ހަޑިއޭ ކަހަލަ އެއްޗެއްވެސް ބުނެވިދާނެ. އަދި މޫސުމާ ގުޅޭ އެއްޗެއްވެސް ބުނެލެވިދާނެ. މިކަހަލަ އެއްޗެއް ބުނެލުމުން ވާހަކަ ކުރިއަށް ގެންދެވޭތޯ ބެލިދާނެ.

އަނެއް ގޮތަކީ އަނެކާގެ ކޮންމެވެސް ކަމަކަށް ތާރީފެއް ކޮށްލުން. މިސާލަކަށް، ހާދަ ރީތި ފައިވާނެކޭ، ފަދަ އެއްޗެއް ވެސް ބުނެލެވިދާނެ.

އަނެއް ގޮތަކީ ގޮވައިގެން ދާ ދަރިފުޅު ނުވަތަ އޮޅު ޖަނަވާރެއް މެދުވެރިވެގެން ވާހަކަ ދައްކަން ފެށުން. ވަރަށް ގިނަފަހަރު ނުދަންނަ މީހަކާ ވާހަކަ ދެއްކުމަށް އެ އުކުޅު ބޭނުން ކޮށްލެވިދާނެ.”

ކިޔޯ ބުނެދޭ ގޮތަކީ މިއީ އެވެ.

ނުދަންނަ މީހަކާ ވާހަކަ ދައްކަން ފެށޭތަނުން ތިމާއާ ބެހޭ ހަގީގަތެއް ހާމަކޮށްލާށެވެ. މިއީ ގިނަ މީހުން ކުރާ ހިތް ނުވާ ކަމެއް ނަމަވެސް މިއީ ވާހަކަ ކުރިޔަށް ގެންދަން މަގު ފަހިވެގެންދާ ކަމެކެވެ. މިސާލަކަށް ތިމާއަށް ދެރަގޮތެއް ދިމާވެފައިވާކަން އެނގުމުން އަނެކާވެސް އޭނައަށް ދިމާވި ދެރައެއްގެ ވާހަކަ ބުނެލައެވެ. ނުވަތަ އެފަދަ ކޮންމެވެސް ވާހަކައެއް އޭނާވެސް ހިއްސާކޮށްލައެވެ.

ހިއްސާ ކޮށްލީމާ އަނެކަކުވެސް ހިއްސާ ކުރެއެވެ. ނުދަންނަ މީހުންނާ ވާހަކަ ދެއްކުމުން ތިމާގެ ހަޔާތުގެ ގުޅުންތަކުގެ ޗޭނަށްވެސް އާބޮޅެއް އިތުރުވެގެން ދެއެވެ. އަދި އޭނާގެ ހަޔާތުގެ ބަގީޗާގައިވެސް އާނިރެއް ފަޅައިގެން ހެދެން ފަށައެވެ.

އަހަރެމެން ދަރީންނަށް ދަސްކޮށްދެނީ ނުދަންނަ މީހުންނާ ދުރުހެލިވުމަށެވެ. އެކަމަކު އަހަރެމެން އަމިއްލަ ނަފްސަށް ދަސްކޮށްދޭން މިޖެހެނީ ނުދަންނަ މީހުންނާ ގުޅުން އުފެއްދުމަށެވެ.

މިއީ ހެޔޮ ބަދަލެކެވެ. އުފާލިއްބާދޭނެ ރަނގަޅު ކަމެކެވެ. އަހަރެމެން މިކަންތައް ނުކުރަންވީ ކީއްވެހެއްޔެވެ؟

ކިޔޯ މިހެން ބުނަމުން އޭނާގެ ވާހަކަ ނިންމާލިއެވެ.