English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި މުންއިމް އަނީސް މަގާމުން ވަކިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަގާމަށް މުންއިމް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިންއިމް މަގާމުން ވަކިކުރި ސީދާ ސަބަބު އަދި ސާފުވެފައި ނުވެއެވެ.

މުންއިމް މީގެކުރިން ހުންނެވީ މެލޭޝިއާ ގައި ހުންނަ ދިވެހި އެމްބަސީގެ މަގާމެއްގައެވެ.

މުންއިމްގެ އިތުރުން މިދިޔަ ހޯމަ ދުވަހު ފޮރިންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރި މުހައްމަދު ފަހުމީ ހަސަން ވެސް ވަނީ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުން ވަކިކޮށްފައެވެ.