English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، ތިން މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އައްޔަންކުރައްވާފައިވަނީ

  • އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު
  • ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އެވެ.