English Edition
Dhivehi Edition

ހުޅަނގުގެ ސަޤާފަތެއްކަމަށް ބުނެ، ގަޔަށް ބާރު ފަޓުލޫނު/ޖީންސް ފަދަ ތަކެތި ލުމާއި ބޮލުގެ އިސްތަށިގަނޑުގައި ކުލަޖެއްސުން މަނާކޮށްފިއެވެ.

އިންސްރާއީލާއި އެމެރިކާއިން އެކުވެގެން ގަލަސްތީނުގައި މިހާރު ހިންގަމުން ގެންދާ ޤަތުލުއާންމުތަކާއި ގުޅިގެން އެކަމުގެ ރުޅިވެރިކަމުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެގައުމުގެ ރައްޔިތުންނަށް ގަޔަށް ބާރު ފަޓުލޫނު/ޖީންސް ފަދަ ތަކެތި ލުމާއި ބޮލުގެ އިސްތަށިގަނޑުގައި ކުލަޖެއްސުން މަނާކޮށްފައެވެ.

އުތުރު ކޮރެއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ އުތުރު ކޮރެއާއިން މިކަން މިގޮތަށް ކުރުމަށް ނިންމީ އެއީ ހުޅަނގުގެ ގައުމުތަކުގެ ނާތަހުޒީބީ ސަޤާފަތަކަށް ވުމުންކަމަށް ބުނެއެވެ. އަދި ޚާއްސަކޮށް އިސްރާއީލާއި އެމެރިކާގެ އުފެއްދުންތަށް ބޭނުން ކުރުންވެސް ވަނީ އެގައުމުގެ ރައްޔިތުންނަށް މަނާކޮށްފައެވެ.

ކިމް ޖޮންގް އުން އަކީ އިސްރާއީލާއި އެމެރިކާއިން ފަލަސްތީނުގައި ހިންގަމުން ގެންދާ ޤަތުލުއާންމުތަކަށް އެންމެ ބޮޑަށް ނުރުހުންވެ އެކަމަށް ފާޑުކިޔަ،މުން އަންނަ ފަރާތެވެ. އެގޮތުން އޭނާ ވަނީ އެކި ފަހަރުމަތިން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ޖަރީމާތައް ކުއްވެރިކޮށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. ކިމް ޖޮންގް އުން ވަނީ އެމެރިކާއާއި އިސްރާއީލު ބޮއިކަޓް ކުރުމަށް ވެސް ދުނިޔޭގެ ގއުމުތަކަށް ގޮވާލާފައެވެ.