English Edition
Dhivehi Edition
ފޮޓޯ: ރާއްޖެ އެމްވީ

މި އަހަރު ފާހަގަކުރާ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ދެ ފަރާތަކަަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި ގޮތުން އެންމެ ހިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭގޮތަށް ހަމަޖެހިފައިވެއެވެ.

ފިޝަރީޒް މިިނިސްޓްރީން ވަނީ މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތު ފުރިހަމަވާ ފަރާތްތައް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 30 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައެވެ. ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވޭނެއެވެ.

މި ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވިފައެވެ. މިވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.