English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ،

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މ. ވިންޑްސްރީން، ޢަބްދުއްރަޝީދު އިބްރާހީިމް (64އ) އެވެ.

ފުލުހުން ބުނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ.

ފުލުހުން ބުނީ ޢަބްދުއްރަޝީދު އިބްރާހީިމް ހޯދަމުން ދަނީ ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 22 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ކޮށްފައިވާކަމަށެވެ.

ޢަބްދުއްރަޝީދު އިބްރާހީިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު