English Edition
Dhivehi Edition

އިސްރާއީލުގެ ޔަހޫދީ ސިފައިން އެއްގަޑިއިރުގެ ތެރޭގައި އަލް ޝިފާ ހޮސްޕިޓަލް ހުސްކުރަން އަމުރުކުރި ނަމަވެސް އެކަން އެގޮތަށް ނުވާނޭ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ބުނެފިއެވެ.

ޝިފާ ހޮސްޕިޓަލުގައި މިވަގުތު 7000 އަށް ވުރެ ގިނަ މީހުން ތިބި އިރު، އެތަނުން ދެބައިކުޅަ އެއްބައި މީހުންނަކީ އެކި ވަރުވަރުގެ ޒަޚަމުތައް ލިބިފައިވާ ޚާއްސަފަރުވާއަށް ބޭނުންވާ މީހުންކަމަށާއި އިސްރާއީލުގެ އަސްކަރިއްޔާއިން އެތަން ހުސްކުރަން އަމުރުކުރި ނަމަވެސް އެކަން އެގޮތަށް ވާން ނެތްކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

” އިސްރާއީލުގެ ސިފައިން އެންގި އެންގުމަށް އަމަލެއް ނުކުރެވޭނެ. ވަރަށް ގިނަ ބަލިމީހުން އެބަތިބި. ގިނައީ ހާލުދެރަ ކުޑަކުދިން. އެ މީހުން މިތަނުން ނުނެރެވޭނެ.” ޝިފާ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޝިފާ ހޮސްޕިޓަލް ހުސްކުރަން އަމުރު ނެރެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ނަމަވެސް އަދި އެ ހޮސްޕިޓަލުން މީހުން ހުސްކުރުމަށް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކުރާތަން ފެނިފައި ނުވާކަމަށް ވެސް ރިޕޯތުކޮށްފައިވެއެވެ.

ޝިފާ ހޮސްޕިޓަލުގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ރަސްމީ ހެޑްކުއާޓާސް ހުރިކަމަށް ބުނެ އެތައް ބަހަނާއެއް ދައްކާ ޔަހޫދީ ސިފައިން ދަނީ ހޮސްޕިޓަލް ހިޞާރުކޮށް އެތަނުގައި އެތަކެއް ޖަރީމާތައް ހިންގަމުންނެވެ. އެގޮތުން އެތަނުގައި ތިބި ބަލިމީހުންނަށް ބިރުދައްކާ ބައެއް މީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައިވެސް ވެއެވެ.

1 ކޮމެންޓް
އަލީ
ނޮވެމްބަރު 19, 2023
ޚަބަރަކުން ޚަބަރެއް. ޖަޒީރާ ސޯސް