English Edition
Dhivehi Edition
ފޮޓޯ: މަޖިލިސް

މިއަދު ވެރިކަމާ ހަވާލުވި ސަރުކާރުން ހުރިހާކަމެއްވެސް ކުރަމުން ގެންދާނީ ދެ ފުއް ފެންނަ ގޮތަށް ކަމަށާއި ހުރިހާކަމެއްގައިވެސް އިންސާފުވެރިވެ، އަދުލުވެރިވާނަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ސިފައަކީ ކޮބައިތޯ ރައްޔިތުން ސުވާލު ކޮށްފާނޭ ކަމަށާއި އޭގެ ޖަވާބަކީ އެމަނިކުފާނު ހުރިހާ ކަމެއްގައިވެސް އަދުލުވެރިވެ އިންސާފުވެރި ވާނަންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވި މި އުފެދޭ ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ފިޔަވަޅު އަޅާނެ ކަމަށާއި ސަރުކާރުގެ ދެ ފުށް ފެންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި ރޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނޭ ކަމަށާއި ސިއްރު ކުރުމެއް ވަންހަނާ ކުރުމެއް ވެސް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

” އަޅުގަނޑުގެ ސަރުކާރުގެ ދެފުއް ފެންނާނެ. ފޮރުވާނެ އެއްޗެއް ނޯންނާނެ. ސިއްރު ކުރުމެއް ވަންހަނާކުރުމެއް ނޯންނާނެ.” ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.