English Edition
Dhivehi Edition

ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، އެމަނިކުފާނުގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް، މަގާމުގެ ހުވައިކުރައްވައި އިގުރާރުގައި ސޮއިކުރައްވައިފިއެވެ.

ޑރ.މުޙައްމަދު މުޢިއްޒާއި، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަޤާމުގެ ހުވައިކުރެއްވީ ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ޖަލްސާގައެވެ.

ރައީސް އާއި ނައިބު ރައީސަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

ރާއްޖޭގެ އައު ރައީސްގެ ޝަރަފުގައި ގައުމީ ދިފާއީ ބާރުން ވަނީ ހަތްބަޑީގެ ސަލާމެއް އަރުއްވާފައެވެ. އަދި އެއަށްފަހު ގައުމީ ދިފާއީ ބާރުގެ ބޭންޑުންވަނީ ގައުމީ ސަލާމް ލައިވްކޮށް ކުޅެފައެވެ.

ޑރ.މުޢިއްޒު ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ވެވަޑައިގަތީ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެބުރުގައިވެސް ބޮޑު އަޢުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ