English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ މެސެޖުގައި ވަނީ، ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް އަލީ ޒަރުދާރީ އަށާއި، ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފް އަށާއި ޕާކިސްތާނުގެ ލޮބުވެރި އެންމެހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.

އިތުރަށް ރައީސްގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނު އަމާންކަމާއި، އެއްބައިވަންތަކަމާއެކު ގައުމަށް އިތުރު ކުރިއެރުން ލިބުމަށް އެދިލައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.