English Edition
Dhivehi Edition

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ “މިއޮތީ ރަސީދު” ކެމްޕޭނުގެ ތެރެއިން ނޮވެންބަރުމަހަށް ރަސީދު ފޮނުވި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު މީހުންނާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމު ހަވާލުކޮށްފިއެވެ.

ނޮވެންބަރު މަހު ރަސީދު ފޮނުވި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނީ އަލީ ހަބީބެވެ. އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވަނީ މުހައްމަދު އިބްރާހީމެވެ. މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ މީހުންނަށް ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޝަރީފެވެ.

5 ސެޕްޓެންބަރު އިން ފެށިގެން 28 ފެބުރުވަރީ 2018 ގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1,500 (ފަނަރަ ސަތޭކަ) ރުފިޔާ ލިބޭނެއެވެ. އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށްވެސް 1,500 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32,000 (ތިރީސް ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

މި ކެމްޕޭންގައި މިހާތަނަށް 37،306 ރަސީދު މީރާ އަށް ލިބިފައިވެއެވެ.