ފަލަސްޠީނުގައިވާ އަލްމަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ އަޤީދާ އާއި ދީނާ ގުޅިފައިވާ މާތްﷲ ގެ ގެކޮޅެއް ކަމަށާއި ޣައްޒާ އަކީ މާތް ރަސޫލާ އިސްރާ ކުރެއްވި މަސްޖިދުލް އަލްއަޤްސާ ހުންނަ ފަލަސްޠީނުގެ ބައެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ބުނީ ފަލަސްޠީނުގައިވާ އަލްމަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ އަޤީދާ އާއި ދީނާ ގުޅިފައިވާ މާތްﷲ ގެ ގެކޮޅެއް ކަމަށާއި އަދި މަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބްކަމަށެވެ.
ފަލަސްޠީނުގެ މުޤައްދަސް މިސްކިތާ ކުޅޭ މީހުންނާއި މި މިސްކިތްތަކުގެ ހުރުމަތްކަނޑާ މީހުންގެ ކިބައިން މިސްކިތް ރައްކާތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތު މި އުންމަތުގެ ކިބައިގައި އެޅިފައިވާކަމަށް ވެސް ޚުތުބާގައި ބުންޏެވެ. ޚުތުބާއި ބުނީ އެއީ މުސްލިމުންގެ އީމާންކަމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ހޭލުންތެރިކަން މިނެދޭ ތަރާދެއްކަމަށެވެ.
ޚުތުބާގައި ބުނީ ސަލާހުއްދީނުލް އައްޔޫބީ ސަލީބީންގެ ވަކިތަކުން މުސްލިމުންގެ ބިންތައް މިނިވަން ކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވި މައިގަނޑު ސަބަބަކީ މަސްޖިދުލް އަޤްސާ އާއި ފަލަސްތީން މިނިވަން ކުރެއްވުމަށް ކަމަށާއި އެގޮތުން ސަލީބީން ބަލިކުރައްވާ މާތްﷲ އެކަލޭގެފާނަށް ނަސްރު ދެއްވި ކަމަށެވެ.
ސަލާހުއްދީނުލް އައްޔޫބީ ސަލީބީންގެ ވަކިތަކުން މުސްލިމުންގެ ބިންތައް މިނިވަން ކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވާ ނަޞަރު ހޯއްދެވީ އެއްވެސް އަންހެނަކު އެއްވެސް ކުޑަ ކުއްޖަކު އެއްވެސް މުސްކުޅިއަކު ޤަތުލު ކުރުމެއް ނެތިކަމަށާއި އަދި އެއްވެސް ގެއެއް، ފައްޅިއެއް ފުނޑުފުނޑެއް ނުކުރައްވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ފަލަސްޠީނަކީ އިސްލާމީ އެތައް ޒަޢީމުންނެއް އެ ބިމަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބިމެއް ކަމަށާއި އަދި އެ ބިމުގެ މިނިވަންކަމަށްޓަކައި އިސްލާތީ އެތައް ބަޠަލުންނެއް ޝަހީދު ވެވަޑައިގެންފައިވާ ބިމެއް ކަމަށެވެ.