އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އެޕާޓީއިން ނިންމައިފިއެވެ.
އެމްޑީޕީ ޕީޖީ ލީޑަރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.
އެމްޑީޕީ ޕީޖީކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 18 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ގޫގަލް ފޯމު މެދުވެރިކޮށް ޕީޖީ ލީޑަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބައިވެރިވެވޭނަކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ޖުމްލަ 56 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.