English Edition
Dhivehi Edition

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ޚާއްސަ ފޮތެއް ނެރެފިއެވެ. މި ފޮތް ނެރެދެއްވާފައިވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހިމެނޭ “ހަފްތާ 14 މަގުޗާޓް” އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއަރޕާރސަން ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

މި ފޮތުގައި ވަނީ މި އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް ޑރ. މުޢިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނާފައެވެ. ޖުމްލަ 900 ސޮފުހާ ހިމެނޭ މި ފޮތުގައި އިންތިޚާބީ ރައީސްގެ ވާހަކަފުޅުތަކުގެ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތަކާއި، އެ ރަށަކަށާއި، އަތޮޅާއި ޤައުމަށް ވެވަޑައިގެންނެވި ވައުދުތައް ވަކިން ފެންނާނެހެން ހިމަނާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، 5 ސިޓީއަށް ވަޑައިގެން 205 ފަހަރު ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންތަކުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމަނައިގެން ތައްޔާރުކުރި ފޮތް މިރޭ ނެރެފައިވާއިރު، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ 100 ދުވަހުގެ ޕްލޭންވެސް ރޭ ވަނީ އިފްތިތާހުކުރައްވާފައެވެ