English Edition
Dhivehi Edition
ހިޔާ މަޝްރޫއުގެ ފްލެޓްތައް /ފޮޓޯ: ޕީއެސްއެމް

ފްލެޓް ދިނުމުގެ އެންމެހާ ކަންކަން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީއަށް އަންގާފައިވަނިކޮށް ފްލެޓް ގެ ގުރުލުން ބާއްވައިފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 4،000 މީހުން ކަނޑައެޅުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ގޮތުން، އެ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފައެވެ. އޭސީސީއިން ބެލިބެލުމުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައިވާއިރު ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތައް ޝަރުތު ހަމަވާކަމަށް ކަނޑައަޅައި ޕޮއިންޓް ދީފައިވުމާ، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެއިތުރުން ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން އޮތް ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން އޭސީސީ އިން ވަނީ ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައެވެ. އެހެންނަމަވެސް ރޭ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް ގުރުނެގުންވެސް ބާއްވާފައިވާއިރު މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އާންމުވެފައެވެ.

ޓެގު