English Edition
Dhivehi Edition

އިސްރާއީލުގެ ޔަހޫދީން ސިފައިން ޣައްްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ އެތަނުގައި ހުރި އެންމެ ބޮޑު ބޭސް ގުދަން ގޮއްވާލައިފިއެވެ.

އެމެރިކާއިން ދިން އިންޓެލިޖެންސް މައުލާތަކާއި ގުޅިގެން ރޭ ދަންވަރު ޔަހޫދީ ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގެނެފައިވާއިރު، އެ މީހުންވަނީ އެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއްވެސް ދީފައެވެ. އެގޮތުން ހޮސްޕިޓަލުގެ އެމަޖެންސީ ރޫމަށް ވަދެ އެތަނަށްވެސް ހަމަލާދީފައިވާއިރު، ހަޔޫދީ ސިފައިން ވަނީ އެ ރޫމުގައި ތިބި ބަލިމީހުންނަށް ވެސް ބަޑިން ބިރުދައްކާފައެވެ.

ހަމާސްހެ ހަނގުރާމަވެރިންގެ ރަސްމީ ކޮމާންޑިންގް އޮފީސް ޝިފާ ހޮސްޕިޓަލުގައި ހުރިކަމުގެ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ޔަހޫދީން އެ ހޮސްޕިޓަލަށް ވަދެ އެތަނުގައި ހުރި އެންމެ ބޮޑު ބޭސް ގުދަނަށް ހަމަލާދީ ވަނީ އެތަން ގޮއްވާލާފައެވެ. އެހެން ކަމުން އެ ހޮސްޕިޓަލުގައި މިވަގުތު ތިބ އެތަކެއް ހާސް ބަލިމީހުންނަށް ދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް މިހާރު ވަނީ މެދު ކެނޑިފައެވެ.

ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޔަހޫދީން ވަނީ ޝިފާ ހޮސްޕިޓަލަށް ވަދެ އެތަނުގައި ބޯހިޔާވބަހިކަން ހޯދަމުން އަންނަ ގިނަ ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފައެވެ. މަސްޒަރުތައް ދުއް ބައެއް ނޫސްވެރިން ބުނެފައިވަނީ ޔަހޫދީން ހައްޔަރު ކުރި އެންމެންވެސް ގެންދިޔައީ ކަނުބަދެގެންނެވެ. އަދި އެމީހުން ހައްޔަރުކޮށްގެން ގެންދިޔައީ ކޮންތާކަށް ކަމެއް އެނގިފައި ނުވާކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ޝިފާ ހޮސްޕިޓަލަށް ވަދެ ޔަހޫދީން އެތަން ހިސޯރުކޮށް އެތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުން އަންނައިރު، ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ދަނީ އިސްރާއީލުގެ މި އަމަލު ވަރަށް ބޮޑަށް ކުއްވެރިކުރަމުންނެވެ.