English Edition
Dhivehi Edition
ޑރ،މުހައްމަދު މުއިއްޒު/ފޮޓޯ:ޕީޕީއެމް

އާ ސަރުކާރުގައި 8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި މަދު ވެގެން ދައުލަތުގެ 8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށެވެ. އަދި އެއީ މިހާތަނަށް އެންމެ ގިނަ އަދަދު ކަމަށާ މީގެ ކުރިން ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނި ހިންގުމަށް އަންހެން ބޭފުޅުން ތިއްބަވާފައި ނުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ފަހަރު ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށްވެސް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށާ އެ ބައްދަލުވުމުގައި އެ މަގާމަށް އައްޔަންކުރައްވާނެ އަންހެން ބޭފުޅާ އިންނެވިކަމަށެވެ.

އަންހެން ބޭފުޅުން މަތި ފަޑީގައި އިތުރުކުރުމަކީ ވައުދެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަންތައް ކުރަން ބޭނުންވަނީ ދައުލަތް ހިންގުމުގައި ފުރިހަމަ ހިއްސާ ދެެވެން ޖެހޭނެ ބައެއް ކަމުގައި ގަބޫލުކުރައްވާތީ ކަމަށެވެ.