English Edition
Dhivehi Edition

ފަޅޮލަކީ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ހައްދާ އުޅޭ މޭވާގެ ބާވަތަކެވެ. ކޮންމެ ދިމާއަކަށް ބަލާލިނަމަވެސް ފަޅޮލަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މީރު މޭވާއެކެވެ. އަހަރެމެން އެންމެވެސް ދައްކަނީ ފަޅޮލުގެ މީރުކަމާއި އޭގެއިން ލިއްބައިދޭ ސިއްޚީ ފައިދާތަކުގެ ވާހަކައެވެ. ފަހަރެއްގައިވެސް ފަޅޯ ގަހުގެ އެހެނިހެން ބައިތަކުގެ މުހިންމުކަމާއި އެ ގަހުގެ ބައިތަކުން ކުރެވޭ ސިއްޚީ ފަރުވާތަކުގެ ވާހަ ނުދައްކައެވެ. ފަހަރެއްގައި ފަޅޯ ގަހުގެ އެހެނިހެން ބައިތަކުން ކުރެވޭ ބޭނުންތައް ނޭންގެނީކަމަށް ވެސް ވުން އެކަށީގެންވެއެވެ.

ހަގީގަތަކީ ފަޅޯ ގަހުން ލިބޭ މީރު ފައިދާހުރި މޭވާގެ އިތުރުން އެގަހުގެ އެހެނިހެން ބައިތަކަކީ ވެސް ފަޅޮލެކޭ އެއްފަދައިން ބޭނުންތެރި ބައިތަކެކެވެ. އެ ގަހުގެ ހަމަ ކޮންމެ ބައަކީވެސް ސިއްޚީ ފައިދާ ލިބިގަތުމަށް ނުހަނު ބޭނުންތެރި ބައެކެވެ. ޚާއްސަކޮށް ފަޅޯ ގަހުގެ ފަތެވެ.

ސިއްޚީ މާހިރުން ބުނާ ގޮތުގައި ފަޅޯ ގަހުގެ ފަތަކީ ތަފާތު އެކި ގޮތްގޮތަށް ބޭނުންކުރެވޭ ސިއްޚަތަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ޚާއްސަކޮށް ފަޅޯފަތުގެ ދިޔަ ނުވަތަ ޖޫހެވެ. ސިއްޚީ މާހިރުން ބުނާ ގޮތުގައި ފަޅޯފަތު ޖޫހަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ. ފަޅޯފަތު ޖޫހާ ބެހޭ ގޮތުން މިހާތަނަށް ހޯދާފައިވާ ހޯދުންތަކަށް ބަލާ އިރު، މިއީ އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުން މުއްސަނދުވެފައިވާ ބުއިމެކެވެ. އެގޮތުން މި ބުއިމުން ލިބޭ ސިއްޚީ އެއް ފައިދާއަށް ބަލާއިރު، ފަޅޯފަތު ޖޫހަކީ ރާއްޖޭގައި އާންމުކޮށް ފެތުރޭ ޑެންގޫ ހުމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ސިއްޚީ މާހިރުން ބުނާ ގޮތުގައި ޑެންގޫ ހުމުން ރައްކާތެރިވުމަށް ފަޅޯފަތުގެ ދިޔައަށް ވުރެ ވަކި ރަނގަޅު އެއްޗެއް ނެތެވެ.

ތާޒާ ފަޅޯ ފަތު ޖޫހުގައި ހިމެނޭ ދެ މާއްދާއެއް ކަމަށްވާ ޕަޕައިން އަދި ކަރޯކައިންގެ ސަބަބުން ލޭ މަނާކުރުމުގައި އެހީތެރިވެދޭ ސެލްއެއް ކަމަށްވާ ޕްލޭޓްލެޓް އިތުރުވެ ޑެންގޫ ހުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފެކްޝަންތަކުން ސަލާމަތް ކޮށްދެއެވެ. އެހެންކަމުން ޑެންގޫ ހުން ޖެހިފައިވާ މީހަކު ދުވާލަކު 25 އެމްއެލް ފަޅޯފަތު ޖޫސް ބުއިމަކީ އެ ބަލިން ސަލާމަތް ވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މީގެ އިތުރުން ފަޅޯ ފަތަކީ މެލޭރިއާ އާއި ކެންސަރު ފަދަ ބަލިތަކަށް ވެސް ރަނގަޅު ފަރުވާއެއް ކަމަށް ބައެއް ސިއްހީ މާހިރުން ބުނެއެވެ.