English Edition
Dhivehi Edition
ދިވެހި ޒުވާނުންތަކެއް - ފޮޓޯ: ޔޫއެންޑީޕީ މޯލްޑިވްސް

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށް ބާއްވާ “ޖުޑީޝަރީ ފޯ ޖޫނިއާސް” (ޖޭ4ޖޭ) ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫއެންޑީޕީއިން ބުނީ “ޖޭ4ޖޭ” ގައި ބައިވެރިވާން ޝައުގުވެރިވާ އުމުރުން 15 އަހަރާ 20 އަހަރާ ދެމެދުގެ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިފަހަރު 40 ޒުވާނަކަށް ދިނުމަށް ހަމަޖެހިފައި ވާއިރު ޔޫއެންޑީޕީން ބުނީ މި ޕްރޮގްރާމަކީ ޝަރުއީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނާ އަދި ޒުވާނުންނަށް، އެ ދާއިރާއާ ގުޅޭ މައުލޫމާތު ހިއްސާކޮށް ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ވަކީލުންނާއި ޖޭއެސްސީގެ މުވައްޒަފުންގެ އިތުރުން ޑީޖޭއޭގެ މުވައްޒަފުންނާއި އަދި ޔޫއެންޑީޕީގެ މުވައްޒަފުންނެވެ. މި ޕްރޮގްރާމުގައި މައްސަލައެއް ކޯޓަކަށް ހުށަހެޅުމުން ފެށިގެން ހުކުމު އިއްވުމުގެ މަރުހަލާ ނިމެންދެން ކަންކަން ހިނގާ ގޮތް ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔައިދޭނެއެވެ.