English Edition
Dhivehi Edition

ހަމާސްގެ މުޖާހިދުންނާއި އިސްރާއިލުގެ އަސްކަރިއްޔާއާއި ދެމެދު މިހާރު ހިނގަމުން ދާ ހަނގުރާމައިގައި މަރުވި އިސްރާއީލު ސިފައިންގެ ސިއްރު މައުލޫމާތުތަކެއް ހާމަކުރި ނޫސްވެރިޔަކު ހައްޔަރުކޮށްފިއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން ވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކުރި މި ނޫސްވެރިއާ އަކީ އިސްރާއީލަށް އުފަން އެގައުމުގެ މަަޝްހޫރު އެފްރައިމް މޮރްޑެކައިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނޫސްވެރިޔާ، އެފްރެއިމް މޮރްޑެކައި ހައްޔަރުކުރީ ޓެލް އަވީވްގެ ހޮސްޕިޓަލެއްގެ ތެރޭގައި މަރުވެފައިވާ ގިނަ އަދަދެއްގެ އިސްރާއީލުގެ ސިފައިންގެ ހަށިތަކެއް ފުނިޖެހިފައިވާކަމަށް ބުނެ، އަދި އެ ހަށިތައް އެމީހުންގެ އާއިލާތަކާއި ހަވާލުނުކުރާކަމަށް ބުނެ ކުރި އެކްސް ޕޯސްޓަކާއި ގުޅިގެންނެވެ.

މިކަން ހާމަކޮށް އެ ނޫސްވެރިޔާ ކުރި އެކްސް ޕޯޓުގައި ބުނެފައިވަނީ މިހާރު ކުރިއަށް ދާ ހަނގުރާމައިގައި މަރުވެފައިވާ އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ހަށިތައް ޓެލް އަވީވް ހޮސްޕޮޓަލުން ފެނުނު ކަމަށާއި އެ ހަށިތައް ހުރީ މަތިމައްޗަށް ޖަހާފައިކަމަށެވެ. އަދި އެ ހަށިިތައް އާއިލާތަކާއި ހަވަލުކުރަން އިސްރާއީލުގެ އަސްކަރިއްޔާއިން ދެކޮޅު ހަދާފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

” ހަމަ ދެންމެ: ހަމާސް އިސްރާއީލް ހަނގުރާމައިގަ މަރުވެފައިވާ ގިނަ އަދަދެއްގެ އިސްރާއީލު ސިފައިންގެ ހަށިތައް ޓެލް އަވީވް ހޮސްޕޮޓަލުން އަހަރެންނަށް ގެނިއްޖެ. އެ ހަށިތައް ހުރީ މަތިމައްޗަށް ޖަހާފަ. އެ ހަށިތައް އާއިލާ ތަކާއި ހަވާލު ނުކޮށް އެކަން ސިއްރުކުރަން އެމީހުން ދަނީ މަސައްކަތްކުރަމުން.” އެފްރައިމް މޮރްޑެކައިގެ އެކްސް ޕޯސްޓުގައި ބުނެފައިވެއެވެ.

އެފްރައިމް މޮރްޑެކައި ހާމަކުރި މި މައުލޫމާތާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އަސްކަރިއްޔާގެ މި ފަދަ ސިއްރު މައުލޫމާތެއް ސޯޝަލް މީޑިއާގައި ހާމަކުރުމަކީ ކުށެއް ކަމަށާއި މި ކަން ތަހުވީގުކޮށް ބަލާނޭކަމަށެވެ.