English Edition
Dhivehi Edition
ފޮޓޯ: މުއިއްޒު2023 ޓްވިޓަރ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

އާއިލާ އާއެކު ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ އޮކްޓޯބަރު 30 ވަނަ ދުވަހުއެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެހެންނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ޑރ.މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ތައްޔާރުވަމުން އަންނައިރު އެ ރަސްމިއްޔާތަށް 3،500 އެއްހާ މީހުންނަށް ދައުވަތު ދިނުމަށް ވަނީ ނިންމާފައެވެ.