English Edition
Dhivehi Edition

ޔަމަނުގެ އަސްކަރީ ސިފައިންގެ ފަރާތުން އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރި ނަމަވެސް އެ ގައުމަށް އެކަން ކުރުމަށް ފައިހިވފައި އޮތް ހުރިހާ މަގެއް ވަނީ ބަންދުވެފައެވެ. ޔަމަނަށް އެ މަގު ބަންދުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސައުދީ އަރަބިއްޔާއިން ނާއި ޖޯޑަން އިންނެވެ.

ޔަމަނުގެ އަސްކަރިއްްޔާއިން އިސްރައީލާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމާއި އެކު، ލަސްތަކެއް ވެސް ނުވެ އެ ގައުމުން ވަނީ އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތައް ފޮނުވާލާފައެވެ. ނަމަވެސް ސައުދީގެ އަސްކަރިއްޔާއިން ވަނީ ޔަމަނުގެ މި ހަމަލާތައް އިސްރާއީލަށް ފޯރުމުގެ ކުރިން ނާކާމިޔާބު ކޮށްލާފައެވެ.

ޔަމަނުން އިސްރާއީލަށް ހަމަލާދެވެން އޮތީ ސައުދީ އާއި ޖޯޑަންގެ ވައިގެ ސަރަހައްތުތައް ބޭނުންކޮށްގެންނެވެ. އެހެން އެއްވެސް ގޮތަކަށް ޔަމަނަށް އިސްރާއީލަށް ހަމަލާއެއް ދެވޭނޭ ގޮތެއްނެތެވެ. އިސްރާއީލަށް ހަމަލާތައް ދިނުމުގެ ދޮރު ޔަމަނަށް އޮތީ ބަންދުވެފައެވެ. އެހެނީ އެ ގައުމަށް އިސްރާއީލަށް ހަމަލާއެއް ވެސް ދެވެން އޮތީ ސައުދީ އަރަބިއްޔާއާއި ޖޯޑަންގެ ވައިގެ ސަރަހައްދުތައް ބޭނުންކޮށްގެންނެވެ.

ކަން މިހެން އޮތްއިރު، ޔަމަނުން ވަނީ އިސްރައީލަށް ހަމަލާތައް ދިނުމުގައި ސައުދީ އާއި ޖޯޑަންގެ ވައިގެ ސަރައްދުތަށް ބޭނުން ކުރުމުގެ ހުއްދައަށް އެދިފައެވެ. ނަމަވެސް ޔަމަނުގެ މި އެދުމަށް އެ ދެގައުމުންވެސް ވަނީ ނޫނެކޭ ބުނެފައެވެ.

އެމެރިކާގެ ޚާއްސަ ވައިމަތީގެ ދިފާޢީ ނިޒާމުތައް ސައުދީ އަރަބިއްޔާގެ ބޯޑަރުގެ ތެރޭގައި ބެހެއްޓުމަށް އެ ގައުމުން ހުއްދަ ދީފައިވާއިރު، މި ނިޒާމު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލާ ދެކޮޅަށް ފޮނުވާ ހަމަލާތަކުން އެ ގައުމު ދިފާޢުކުރުމަށެވެ. މި ނިޒާމު ބަހައްޓަން ސައުދީން ނިންމީވެސް ޔަމަނުން އިސްރައީލާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމާއި ގުޅިގެންނެވެ.

އެހެން ކަމުން ސައުދީ އާއި ޖޯޑަން މިހާރު ވެފައިވަނީ އިސްރާއީލަށް ދެމުން ގެންދާ ހަމަލާތަކުގެ ވަރުގަދަ އައްޑަނައަކަށެވެ. އިސްރާއީލުން ފަލަސްތީނު ތަޅާ ސުންނާފަތި ކުރަމުން ގެންދާއިރު، އެކަމަށް ވުރެ އިސްކަމެއް ސައުދީ އާއި ޖޯދަން އިން ދިނީ ޔަހޫދީން ހިމާޔަތް ކުރުމަށެވެ. އެހެންކަމުން މުޅި ދުނިޔޭގެ ފާޑުކިޔުމާއި ރުޅިވެރިކަން އެ ދެ ގައުމަށް ވެސް ވަނީ އަމާޒުވެފައެވެ.

ގިނަބަޔަކު ބުނާ ގޮތުގައި ދުނިޔޭގެ މުސްލިމް ނޫން ގައުމުތަކުން ވެސް ދަނީ އިސްރާއީލާއި ދެކޮޅަށް ބަސްބުނެ އަޑު އުފުލާ އެ ގައުމާއި އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑަމުންނެވެ. ނަމަވެސް ސައުދީ އާއި ޖޯޑަން އަށް އެވަރުވެސް ނުވިއެވެ.

ފަލަސްތީނުގެ މުސްލިމުން ނަށް ދިމާވެފައިވާ މި ހިތާމައިގެ ދަނޑިވަޅުގައިވެސް ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ގެނެސްގެ ބޮޑެތި ހަފްލާތަޢް ބާއްވާ ނާޗަރަންގީގެ ބޮޑު ޝޯއެއްވެސް ސައުދީން ވަނީ ބާއްވާފައެވެ. މިއީ ދުނިޔޭގެ ގައުމުތަކުގެ ޚާއްސަކޮށް މުސްލިމުންގެ ނަފުރަތު އެ ގައުމަށް ލިބިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބެވެ.