English Edition
Dhivehi Edition

އިން އިސްރާއީލުގެ ކޭމްޕެއް ކަމުގައިވާ ޖަލް އަލް އާލަމްއަށް ދިން ވަރުގަދަ މިސައިން ހަމަލާއާއި ގުޅިގެން ލުބުނާނުގެ ހިޒްބުﷲ އަށް އިސްރާއީލުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އަށް އަމާޒުކޮށް އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ދިން މި އިންޒާރުގައި ބުނެފައިވަނީ އިސްރާއީލް އަދި ހަމާސް އާއި ދެމެދު ހިނގަމުން ގެންދާ ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ވައްދައިގެން ގޯހެއް ނުހެދުމަށް އިންޒާރު ދޭކަމަށެވެ. އަދި މި ހަނގުރާމައަކީ ހަމަ އެކަނި ހަމާސް އާއި ދެކޮޅަށް އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމައެއް ކަމަށާއި މި ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ވަދެއްޖެ ނަމަ ގޯސްތަކެއް ވެދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނީ ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އިސްރާއީލުގެ ނެތް ކަމަށާއި އެހެން ކަމުން ހަނގުރާމައިގެ ތެރެއަށް ނުވަދެ ދުރުގައި ތިބުމަށް އިންޒާރުދޭކަމަށެވެ.

” ހިޒްބުﷲގެ ލީޑަރ ހަސަން ނަސަރަﷲ އަށް ބުނެލަން އޮތީ ހަނގުރާމައިގެ ތެރެއަށް ވަދެ ގޯހެއް ނުހަދުމަށް. މިއީ ހަމަ އެކަނި އިސްރާއީލުން ހަމާސް އާއި ދެކޮޅަށް ކުރާ ހަގުނާމައެއް. ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އިސްރާއީލުގެ ނެތް. އެހެން ވީމާ ހަނގުރާމަ އާއި ދުރުގައި ތިބުމަށް އިންޒާރުދެން.” ޔަހޫދީ ދިފާއީ ވަޒީރު ބުނެފައިވެއެވެ.

ގަލަންޓް ބުނީ ނަސަރަﷲގެ ބަސްދީގަތުމުގައިވެސް އޭނާގެ ވާހަކަ ހުރި ގޮތުން ހަނގުރާމައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށާއި އެގޮތުން އޭނާގެ މި ބަސްގީގަތުމަށް ފަހު ހިޒްބުﷲ އިން ދެމުން ގެންދާ ހަމަލާތައް ވަރުގަވެދައިވާކަމަށެވެ.