English Edition
Dhivehi Edition

ސްރީ ލަންކާގެ ސްޕެކްޓްރަމް ކޮލެޖުން ދިވެހި ދަރިވަރުންނަށް އަގު ހެޔޮކޮށް ކިޔެވޭނެ ފުރުސަތު ހޯދައިދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކޮލެޖާއި ދިވެހި އެމްބަސީގެ ދަށުން ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އާ ދެމެދުވި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރުމުހައްމަދު ހުސައިން ޝަރީފެވެ. ސްޕެކްޓްރަމް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ޑރ. ޝަރުފްރާޒު އާޒާދެވެ.

މި އެއްބަސްވުމުގެ ދަށުން، ޑިސެމްބަރު އެކަކުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެމްއީސީސީ މެދުވެރިކޮށް، އެ ކޮލެޖަށް ވަންނަން ހުށަހަޅާ މީހުންގެ އިދާރީ ފީ އަށް 75 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ދިވެހި އެމްބަސީން ބުނެފައިވެއެވެ.
އެމްއީސީސީ މެދުވެރިކޮށް ކުރިއަށް އޮތް ނުވަ މަސްތެރޭގައި ސްޕެކްޓްރަމް ކޮލެޖަށް ވަންނަން ހުށަހަޅާ މީހުންގެ އިދާރީ ފީ އަށް 50 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް ދިވެހި އެމްބަސީން ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އެކޮލަޖަށް ވަންނަން ހޭދަކުރި ވަރަށް ފައިސާ ދެން ހޭދަކުރާކަށް ނުޖެހޭނެއެވެ. އިދާރީފީގެ ގޮތުގައި ދިވެހިންގެ އަތުން ނަގަނީ އެއް ލައްކަ ރުޕީސްއެވެ. އެއީ 655 ޑޮލަރެވެ. 75 ޕަސަންޓްގެ ޑިސްކައުންޓަކާ އެ އަދަދު 165 ޑޮލަރަށް ކުޑަވާނެއެވެ. އިދާރީ ފީން 50 ޕަސަންޓު ޑިސްކައުންޓް ދިނުމުން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 328 ޑޮލަރެވެ.

މިއީ ދިވެހިންނަށް ވަރަށްފައިދާ ކުރާނެ އެއްބަސްވުމުއް ކަމަށްވެއެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އެ ކޮލެޖުން ސްކޮލަޝިޕެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ދިވެހިބަސްވެސް މާއްދާއެއްގެ ގޮތުގައި އެކޮލެޖުގައި ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން އެމްއީސީސީން ފޯރުކޮށްދޭނެއެވެ.