English Edition
Dhivehi Edition

ޔަމަންގެ ހޫތީން، ހައްދުފަހަނަޅާފައިވާ އިޒްރޭލަށް ވައިގެ މަގުން ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިޒްރޭލަށް ހަމަލާ ދިނުމަށް ހޫތީން ވަނީ ބައިލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް އާއި ޑްރޯންތައް ބޭނުންކުރަން ފަށާފައެވެ، ހޫތީން ބުނީ މިއީ އިޒްރޭލަށް ފޮނުވާލި މިފަދަ ތިން ވަނަ ހަމަލާތައް ކަމަށާއި އިތުރު ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވެސް ފޮނުވާލާނެކަމަށެވެ. މީގެ އިތުރުން ހޫތީން ވަނީ އިޒްރޭލު ސިފައިން ގާޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ކުރިއަށް ގެންދާ ހިނދު، އިޒްރޭލަށް ހަމަލާ ދިނުމުގައި ދެމިތިބޭނެކަމަށް ބުނެފައެވެ.

މީގެ އިތުރުން ހޫތީން ބުނީ އެމީހުން ޑްރޯނުންނާއި ބައިލެސްޓިކް މިސައިލާ އަދި ކްރޫޒް މިސައިލުން ހަމަލާ ދިނީ ގާޒާގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެކަން ކުރީ އަރަބި ލީޑަރުން ނިކަމެތިވެފައިވާ މިންވަރުގެ ސަބަބުންނާއި އަރަބި ބައެއް ގައުމުތަކުން އިޒްރޭލާ އެކު އޮތް ގުޅުމުގެ ސަބަބުން ކަމަށް ހޫތީން ވަނީ ބުނެފައެވެ،