English Edition
Dhivehi Edition
ފޮޓޯ: ޖޭއެސްސީ

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށާއި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ބޭފުޅުން އައްޔަނ އައްޔަންކޮށްފިއެވެ.

ޖޭއެސްސީން އިން ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖެއްސެވި އިރު އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ޖޭއެސްސީން ހުޅުވައިލުމުން ކުރިމަތިލެއްވީ ވެސް ޝަހީދު އެކަންޏެވެ. ފަނޑިޔާރު ޝަހީދު ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުއެވެ. އަދި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓެޔާވުމުން އެ ކޯޓު ވަގުތީ ގޮތުން ހިންގެވުމާ ވަނީ ހަވާލުވެ ވަޑައިގެންފައެވެ،

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ޖޭއެސްސީން މިއަދު އައްޔަންކުރީ އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދެވެ. މިއީ ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަންހެން ގާޒީއަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ގާޒީ މަރިޔަމް ވަހީދު 2016 ވަނަ އަހަރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ވަނީ މެޖިސްޓްރޭޓްކަންވެސް ކުރައްވާފައެވެ.