English Edition
Dhivehi Edition
ޑރ.މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖައްސަން 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފިއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑރ.މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމާ ގުޅޭ ކަންކަން ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާ އަށް ސިވެކްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގެ ތައްޔާރީތައް ކުރުމަށް ޖުމްހޫރީ މައިދާނުގެ ވަށައިގެން ފެންސް ޖަހައި މިހާރު ވަނީ ބަންދުކޮށްފައެވެ.

މަދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާ އިން ބުނީ ޑރ. މުއިއްޒާ އި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 3،500 މީހުންނަށް ދައުވަތު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ރަސްމިއްޔާތަށް ދައުވަތު ދެވޭ ފަރާތްތަކުގެ ތެރޭގައި ބޭރު އެކި ގައުމުތަކުގެ އިސް ބޭފުޅުން ހިމެނެއެވެ.