English Edition
Dhivehi Edition
ހަސަން ލަތީފު

ޕީއެންސީގެ ސަރުކާރުން ލިބޭ މަގާމުތަކަށްވުރެ މުހިންމީ ދަ ޑިމޮކްރެޓްސްއިން ގަބޫލުކުރާ މިންގަނޑެއްގެ ތެރެއިން، ޕީއެންސީގެ ސަރުކާރު ބައްޓައްވުން ކަމަށް ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ ސިޔާސަތުތައް ބައްޓަން ކުރުން މުހިންމުކަމަށެވެ.

“އަޅުގަނޑުމެން މިއުޅެނީ ކޮންމެހެން ސަރުކާރެއްގެ ކިތައް މަގާމުގަތޯ ޑިމޮކްރެޓްސް ތިބޭނީ. އެވާހަކަތަކެއް ނޫން އެހާ ބޮޑަކަށް ދައްކަމުން މިދަނީ. އެއަށްވުރެ ބޮޑަށް ބޭނުމޭ އަޅުގަނޑުމެން ހިމެނޭ ސަރުކާރެއްގަ ވެއްޖިއްޔާ އަޅުގަނޑުމެން ބޭނުންވާ ސިޔާސަތުތަކެއް ރައީސް އަދި ސަރުކާރުން ހިންގުން” ހަސަން ލަތީފު ވިދާޅުވިއެވެ.

އާ ސަރުކާރު ބައްޓަން ކުރަން ބޭނުންވަނީ، ރައްޔިތުންނަށް ފަރުދީ ތަނަވަސްކަމާއި އަބުރުވެރި ހަޔާތެއް ހޯދައިދެވޭނެ ގޮތަކަށްކަން ފާހަގަކުރައްވަމުން ހަސަން ލަތީފު ވިދާޅުވީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ޕީއެންސީގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ހިއްސާއެއް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ ޕީއެންސީގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ މިންވަރު ކަނޑައަޅުއްވާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.