English Edition
Dhivehi Edition

އިއްޔެ އައްޑޫ ސިޓީ ފޭދޫގައި، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ މަސް ވިއްކުމުގެ ހަރަކާތުގައި، ކުޑަ ކަންނެލި މަހެއް 12،000 ރުފިޔާއަށް ގަނެފިއެވެ.

މި ހަރަކާތަކީ އެ ރަށު “ރެޑް ސެނެޕާ ފިޝިން ލޯންޗް” އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި 50 އަށް ވުރެ ގިނަ ކަންނެލި ބާނާފައިވާއިރު އެއް ކިލޯގެ ކުޑަ މަހެއް އެ ޓީމްގެ މެންބަރަކު ވަނީ 12،000 ރުފިޔާއަށް ގަނެފައެވެ.

އެ ޓީމުން ބޭނި ހުރިހާ މަހެއް ވިކި ހުސްވެފައިވާއިރު މި އިވެންޓް އިންތިޒާމުކުރި ފަރާތުން ބުނީ ހުރިހާ މަހެއް ވިއްކައިގެން ބޭނި ހުރިހާ މަހެއް ވިއްކައިގެން ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން 30،000 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައިވެސް އަންނަނީ ފަލަސްތީނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. މި ގޮތުން ސަރުކާރު މުއައްސަސާތަކާ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވަކި ފަރުދުން އިސްނަގައިގެން ވެސް ފަންޑްރައިޒް ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.