English Edition
Dhivehi Edition

އިޒްރޭލުގެ ރައްޔިތުން ރާއްޖެ ނައުމަށް އެ ގައުމުން ގޮވާލައިފިއެވެ.

އެގަމުގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި މިހެން ގޮވާލާފައިވަނީ ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުން އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމުގައިކަން ހާމަކުރަމުން އަންނާތީއެވެ.

ރާއްޖޭގައި އޮތް މާހައުލު ވަރުގަދަ ވަމުންދާ ކަމަށާއި އެހެންކަމުން އެ ޤައުމުގެ ރައްޔިތުން ރާއްޖެ ޒިޔާރަތް ކުރުން ރަނގަޅު ނޫން ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ވޭތުވެ ދިޔަ 5 އަހަރު ތެރޭ އެ އިޒްރާއީލުން 50،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އިސްރާއިލުގެ ރައްޔިތުން ރާއްޖެ ނާންނަން އަންގާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކާއި ދެކޮޅަށް ހުރިހާ ދިވެހިން ގެންދަނީ އަޑު އުފުލަމުންނެވެ.

މީގެ އިތުރުން އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.