English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް ގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މިގޮތުން ބްރާންޗް އަދި ސަރވިސް ސެންޓަރުން ޚިދުމަތް ހޯދުމަށް ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ހޯދުމަށް އިތުރު ފަސޭހަތައް ވަނީ ތައާރަފްކޮށްފައެވެ. ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ކުރިޔަށް އޮތް 10 ދުވަހަށް އެޕޮއިންޓްމަންޓް ލިބެންހުރި ތާރީޚާއި ގަޑި ފަސޭހަކާއެކު ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ޕަރސަނަލް ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށާއި ބީއެމްއެލް ގެ ޓީމާއި ބައްދަލުކޮށް ލޯނު އަދި ފައިނޭންސިންގ ގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެއެވެ. އަދި ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވުމާއި، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިންގ އާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެއެވެ.

ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލް އަށް ވަދެވޭނެއެވެ.

ޓެގު