English Edition
Dhivehi Edition
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އެންއީއޯސީގެ ބައްދަލުވުމެއްގައި - ފައިލް ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ 200 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

މިއަހަރު ދައުލަތަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް މިހާރު ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއިއެކު، މިއަހަރުގެ ޖުމްލަ ބެޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާ 200 މިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނަން ހުށަހަޅާފައިވާއިރު އެ 200 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް މިހާތަަނަށް ހާމަކޮށްފައި ނުވެއެވެ.

ފިނޭންސުން ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.