ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޗައިނާއަށް ނިސްބަތްވާ އަންހެނެއްކަމަށެވެ. ފުލުހުން ބުނީ ހައްޔަރުކުރި އަންހެންމީހާއަކީ އެއާޕޯޓު ތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް، ތަންތަނަށް ކުޅުޖެހުން ފަދަ އަމަލުތައް ހިންގަމުން ދިޔަ މީހެއް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އެ ފަދަ ގޮތަކަށް އަމަލުކޮށްފައި ވަނީ ވިސާގެ މައްސަލައެއް ޖެހިގެންނެވެ.