English Edition
Dhivehi Edition
މޫލީ ފްލޭޝް ސޭލް

އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމްއިން “ޑިވައިސް ފްލޭޝް ސޭލް” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެކަމަށެވެ. މި ޕްރޮމޯޝަނުގައި، އެޕަލް މެގްސޭފް ޗާޖަރު، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސް، ގެ އިތުރުން ސެމްސަންގެ މަގުބޫލް ފޯނުތައް ލިބެން ހުންނާނެއެވެ،

އުރީދޫ އިން ބުނީ ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މިހާރު ހަތް ޕަސެންޓްގެ ޑިސްކައުންޓްއާ އެކު މޫލީ ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެކަމަށެވެ.

މޫލީ މެދުވެރިކޮށް ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީކޮށްދެއެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރުހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް ފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެކެވެ.