English Edition
Dhivehi Edition

މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނު ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް އުރީދޫއިން ފޯނު ހަވާލުކޮށް ޑެލިވެރީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އުރީދޫއިން ބުނީ މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 24 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ކަސްޓަމަރުންނަށް 1 ފެބުރުއަރީގައި ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށާފައިވާކަމަށެވެ.

މޫލީއިން ސެމްސަން ގެލެކްސީ އެސް 24 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ 00:00 ގައެވެ.

އެސް24 ފޯނު ގަންނަ ކަސްޓަމަރުންނަށް މި އޮފާގެ ދަށުން ލިބޭ ފައިދާތަކަކީ ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއަކާއި، 100 ޖީބީ ބޯނަސް ޑޭޓާ ގެ އިތުރުން އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފާއެވެ. މީގެ އިތުރުން އެޑޯބީ އެކްސްޕްރެސްގެ 2 މަހުގެ ޕްރީމިއަމް އޮފާ އަކާއި ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000 ރުފިޔާގެ މޫލީ ވައުޗާއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބު އުސް ކުންފުނިތަކާއެކު ވަރަށް ގާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.