ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަށް ބޭނުންވާ ކާނާ އާއި ބޭހާއި އެހެނިހެން ސާމާނު ވިއްކާ “ޕެޓްސް އެންޑް ސްޓަފް” އުރީދޫގެ މޫލީ އޮންލައިން މާކެޓާ ގުޅިއްޖެއެވެ.
“ޕެޓްސް އެންޑް ސްޓަފް” އިން ބުނީ އެކުންފުނީގެ މައިގަނޑު މަގުސަދަކީ ޕެޓްގެ ގޮތުގައި ގޭގައި ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް، ދުޅަހެޔޮކޮށް އެ ޖަނަވާރެއް ގެންގުޅުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފޯރުކޮށް ދިނުންކަމަށެވެ. މިހާރު މޫލީ މެދުވެރިކޮށް އޯޑަރުކޮށްލުމުން “ޕެޓްސް އެންޑް ސްޓަފް” އިން ފޯރުކޮށްދޭ ނިއުޓްރިޝަލް ޕެޓް ފުޑާއި ކުޅޭ ސާމާނާއި އަދި ސާފުކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެހެން ތަކެތި ވެސް މިހާރު މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ.
އުރީދޫން ބުނީ ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަކީ ގިނަ މީހުން ދެކޭގޮތުގައި އާއިލާގެ ވަރަށް ލޯބިވާ މެމްބަރެކެވެ. އެހެންކަމުން އާއިލާގެ މެމްބަރުންނަށް ދޭ ލޯތްބާއި އަޅާލުމާއި އަސާސީ ބޭނުންތައް ފުއްދައި ދިނުމަކީ މުހިންމު ކަމެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މޫލީ އިން ބުނީ “ޕެޓްސް އެންޑް ސްޓަފް” އަކީ މި ބޭނުންތަކަށް ބޭނުންވާ ސާމާނު ޕެޓް ގެންގުޅޭ ފަރާތްތަކަށް ފަސޭހަ ކަމާއި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާތީ މޫލީ މެދުވެރިކޮށް އެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކުރެވޭނެކަމަށެވެ.