English Edition
Dhivehi Edition

އިންޑިއާގެ ހޮސްޕިޓަލަކަށް އުފަންވި ކުއްޖަކު މަރުވެފައިވާ ކަމަށް ނިންމި ދެ ޑޮކްޓަރަކު ވަޒީފާއިން ވަކި ކޮއްފިއެވެ.

ތުއްތު ދަރިފުޅު މަރުނުވާ ކަން އެނގުނީ ކުއްޖާގެ އާއިލާއިން ކުއްޖާގެ މަރުގެ ކަންތައް ކުރިއަށްގެންދިއުމަށް ދަބަހަކަށް ލައިގެންދަނީކޮށް ކުއްޖާ ތެޅި ގަތުމުންނެވެ.

މިމައްސަލަ ވަނީ އިންޑިއާގެ އެތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި އިންޑިއާގެ ނިއު ދިއްލީގެ ހެލްތު މިނިސްޓަރު ވަނީ އެ ހޮސްޕިޓަލުގެ ލައިސެންސް ކެންސަލް ކޮއްފާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

ނިއު ދިއްލީގައި ހުންނަ މެކްސް ހެލްތު ކެއާ އިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހިތާމަ ވެރި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. އެއީ ބަނޑަށް 5 މަސް ފުރުނުތާ ދުވަސް ނުފުރާ އެއްމާ ބަނޑު ދެކުދިން ވިއްސަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއް ކަމުގައެވެ.

ފުރަތަމަ ކުއްޖާ ވިހެއި އިރު ދިރި އޮތެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެކުއްޖާ ވަނީ މަރުވެފައި ކަމަށް ނިންމާފައެވެ. ދެވަނަ ކުއްޖާ ވިހެއި އިރުވެސް އޮތީ މަރުވެފައެވެ.

އާއިލާގެ ފަރާތުން މިކުދިން ކަށުކަމާކެމީގެ ކަނކަން ކުރުމަށް ދަބަހަކަށް ލައިގެން ދަނިކޮށް ބޭގު ތެރެއިން އެއްޗެއް ތެޅޭހެން ހީވެގެން ބެލިއިރު ފުރަތަމަ ކުއްޖާ އޮތީ ދިރިއެވެ. އެ ކުއްޖާ ވަނީ ވަގުތުން ލައިފް ސަޕޯޓް އަށް ލާފައެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ އެމީހުންދަނީ ކުއްޖާގެ މައިންބަފައިންނާ ބަރާބަރަށް ވާހަކަ ދައްކަމުން ކަމަށާއި އެ ކުއްޖާ އަށް ބޭނުންވާ ހުރިހާ ހިދުމަތެއްދަނީ ފުރިހަމައަށް ދަނީ ފޯރު ކޮއްދެމުން ކަމަށެވެ.

،މި މައްސަލައިގެ ތެރެއަށް މިހާރު ވަނީ ފުލުހުން ވަދެފައެވެ. ކުއްޖާގެ ބައްޕަ އާޝިޝް ބުނެފައިވަނީ ޑޮކްޓަރުން ބުދަ ދުވަހު އެނާގެ އަންހެނުން ލޭ އަންނަމުންދާ ކަމަށް ބުނެ އޮޕަރޭޝަން ކުރުމަށް އެންގި ކަމަށެވެ. އަދި ކުއްޖާ އާއި މަންމަގެ ފުރާނަ ސަލާމަތް ކުރުމަށް އިތުރު ފައިސާ އަށް އެދުނު ކަމަށެވެ.

ދިއްލީ ޕޮލިހުން ބުނެފައިވަނީ އެފަރާތުން ހޮސްޕިޓަލްގެ ރިކޯޑްތައް ޗެކް ކުރަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ތެރޭ ވީޑިއޯ ތައް ވެސް ބަލަމުން ދާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ..