English Edition
Dhivehi Edition
ޢުމަރު އަޙްމަދު ނަޢީމް

މެލޭޝިއާގެ އުސް ޢިމާތާރަކުން ވެއްޓި ދިވެހި ކިޔަވާ ކުއްޖަކު ނިޔާވެއްޖެއެވެ.

އެ ޢިމާރާތުގެ 14 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވީ ސ. ހިތަދޫ ގަހާތަރީގޭ ޢުމުރުން 22 އަހަރުގެ ޢުމަރު އަޙްމަދު ނަޢީމްއެވެ. ޢުމަރަކީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ޢުމަރުގެ ޢާއިލާއިން މިނޫހަށް މަޢުލޫމާތު ދިން ގޮތުގައި ޢުމަރު ވެއްޓުނީ އައިޔޫކޭއެލްގެ ރަސްމީ ރެސިޑެންސް ކަމަށްވާ 20 ބުރީގެ ޔުނިޕާކް ކޮންޑޯގެ 14 ވަނަ ފަންގިފިލާއިންނެވެ. އެ ހާދިސާހިނގީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:00ހާއިރެވެ.

މި މަރުގެ މައްސަލައިގެ ތަޙުގީގު މެލޭޝިއާ ފުލުހުން ކުރަމުން އަންނަކަމަށް ޢާއިލާއިން މަޢުލޫމާތު ދެއެވެ.

ޢުމަރުގެ ހަށިގަނޑުވަނީ ޕޯސްޓްމޯޓަމް ހަދަން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.