English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރ އަމީން 2022 ވަނަ އަހަރުގެ ބަޖެޓް މަޖިލިހަށް ހުށަހެޅުއްވުން/ފޮޓޯ ރައްޔިތުންގެ މަޖްލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަން އިއުލާންކުރެއްވީ ޖަލްސާ ފެށުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައި ބުނާ 22 މެމްބަރުން ނެތް ކަމަށް ވިދާޅުވެއެވެ.

އަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަކާ ދެ ސަފީރަކަށް ރުހުން ދިނުމާ އަދި ދިގުލައިގެން ގޮސްފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމުގެ ބިލު ހިމެނެއެވެ. މީގެ އިތުރުން ނުނިމި އޮތް ހަތަރު ގަރާރެއްގެ ބަހުސްވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާ ނުބެއްވޭ މައްސަލަތައް އިތުރުވަމުން އަންނައިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ އިން އަންނަނީ ތައްޔާރުވަމުންނެވެ.