English Edition
Dhivehi Edition
މަރްހޫމް މަރިޔަމް ދީދީ - ފޮޓޯ: މނވނ

ގދ. ތިނަދޫގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ދީދީ ނިޔާވެއްޖެއެވެ.

“ފެންމީރުވި ރީތި ރަށޭ މީ, ރޫހުވަނީ ތިނަދޫގައޭ” މި ލަވައިން ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަރިޔަމް ދީދީ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ނިޔާވެފައިވަނީ ކުއްލިއަކަށް ސްޓްރޯކެއް ޖެހިގެންނެވެ. އަދި އޭނާ ފެނިފައިވަނީ ހާޓްއެޓޭކެއް ޖެހި ވެއްޓިފައި އޮއްވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޔާވިއިރު، އޭނާގެ ސިއްހީ މައްސަލައެއް ހުންނަަން އެނގިފައި ނުވާ ކަމަށާއި މި ހާދިސާ ހިނގުމުގެކުރިން ވެސް އާއިލާ ބަޔަކާ އެކު ވަގުތު ހޭދަކޮށް އުޅުނު އިރުވެސް ސިއްހަތު ރަނގަޅު ކަމަށް އޭނާގެ އާއިލާ އާ ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

މަރިޔަމް ދީދީ ނިޔާވިއިރު އުމުރަކީ 73 އަހަރެވެ. އޭނާގެ ހުންނަނީ ހަމައެކަނި އަންހެން ދަރިއެކެވެ.

ލަވަކިއުމުގެ ރޮނގުން 1982 ވަނަ އަހަރު އާއްމު ހިދުމަތުގެ އިނާމު ހޯއްދަވާފައިވާ މަރިޔަންދީދީ ވަނީ ލަވަކިޔުމުގެ ހަޔާތުގައި ރީތި ލަވަތަކެއް ހުށަހަޅައިދީފައެވެ.

މަރުހޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން