English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ނިއުސް ކަރްނާޓަކާ

ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދެކުނު ޕޮލިސް ރީޖަން (ގދ. ގއ. އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އެއް އޮކްޓޯބަރު މަހުގެ 06 ދުވަހު ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިން ބަލިވެ އިންނަ އަދަދު އިތުރުވަމުން އަންނައިރު ކަމާ ބެހޭ އިދާރާތަކުން އަންނަނީ ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ސާމާލުވެ ފާރަވެރިވާން އިލްތިމާސްކުރަމުންނެވެ.

 

ޓެގު

1 ކޮމެންޓް
އަޙްމަދު
އޮކްޓޯބަރު 8, 2023
ކޮބާތަ 'ކުޑަކުދިން ބަލިވެ ނުތިބޭނެ' ޓީމް؟