English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

ރިޔާސީ އިންތިހާބާ ގުޅޭ 52 މައްސަލަ ރަޖިސްޓާކޮށް ބަލަމުން އަންނަކަމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.

އޭސީސީ އިން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްލަ 97 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެސީސީއަށް ހުށަހެޅާފައިވާ 97 މައްސަލައިގެ ތެރޭގައި، އެއްކަމަކާ ގުޅޭ ޝަކުވާ ތަކުރާރުކޮށް ހުށަހަޅާފައި ވާކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. މި ގޮތުން އޭސީސީ ގައި ރަޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ އިންތިހާބީ ރިޝްވަތުގެ 36 މައްސަލަ، ނުފޫޒު ފޯރުވުމުގެ 11 މައްސަލަ އަދި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުގެ 5 މައްސަލަ އެވެ.

އޭސީސީ އަށް އިންތިހާބާ ގުޅިގެން 03 މައްސަލަ ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީތަކުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން އިން ފަސް މައްސަލަ ހުށަހަޅާފައިވާއިރު ދައުލަތުގެ އިދާރާތަކުން ވަނީ އެއް މައްސަލަ ހުށަހަޅާފައެވެ. އަދި އަމިއްލަ ފަރުދުން އުފެއްދި 27 މައްސަލައެއްގެ އިތުރުން ކާކުކަން ނޭނގޭގޮތަށް 61 މައްސަލަ ވަނީ ހުށަހަޅާފައެވެ.