English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ . ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކެއް ހުށަހެޅިފައިވާ ކަމަށެވެ.

އަދި އެ ތުހުމަތުތަކާއި ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަހުގީގު ޓީމެއް އެ އެސޯސިއޭޝަނުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އޭސީސީން ބުންޏެވެ.

އިންތިހާބާ ދިމާކޮށް ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތައްވެސް ހިމެނއެވެ.