English Edition
Dhivehi Edition
އާބަންކޯއިން ތަރައްގީކުރާ ހުޅުމާލޭ ސައުތު ވެސްޓް ހާބަރ ގެ ކުރެހުމެއް/ފޮޓޯ އާބަންކޯ

ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަޝްރޫއު، ޖީޕީއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.އާބަންކޯއިން ބުނީ މި މަޝްރޫއުގެ ދަށުން ޑިންގީ ހާބަރ، ކޮމާޝަލް ޑިވެލޮޕްމެންޓް އަދި ވެހިކިއުލަރ ހާބަރ ތަރައްގީކުރެވޭނެ ކަމަށެވެ.

މިވަގުތު މާލޭ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެންމެ ޖެޓީ ހާބަރަކަށް ވެފައި، މި ހާބަރަކީ އެކަށޭނެ ބޮޑުމިނެއްގެ ހާބަރަކަށް ނުވުމުން، ޑިންގީ ގެންގުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް މި މަޝްރޫއުގެ ސަބަބުން ލުއިފަސޭހަކަން ލިބޭނެކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، ހުޅުމާލޭގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ޚާއްސަ ހާބަރެއް ނެތުމުން ދިމާވާ ދަތިތަކަށް، ވެހިކިއުލަރ ހާބަރ ތަރައްގީކުރުމުން ހައްލު ލިބޭނެކަމަށެވެ.

މި މަޝްރޫއުގައި ޑިންގީ ހާބަރގައި ފްލޯޓިންގ ޑޮކްގެ އިތުރުން އުޅަނދުފަހަރަށް ކަރަންޓާއި ފެން ފޯރުކޮށްދެވޭނެ ހިދުމަތްތައްވެސް ގާއިމް ކުރެވޭނެއެވެ. މިއީ މެރީނާގެ މުވައްޒަފުންނާއި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ގިނަ ތަޖުރިބާތަކެއް އެއްތަނަކުން ކޮށްލެވޭނެހެން ފަރުމާކުރެވިފައިވާ މަޝްރޫޢުއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ އިތުރުން އާބަންކޯއިން ބުނީ، މި ސަރަހައްދުގައި ޕާރކިންގ ޒޯންއެއް ތަރައްގީ ކުރެވޭނެކަމަށެވެ. މީގެ ސަބަބުން މާލޭ ސަރަހައްދުގައި އުޅަނދު ޕާކްކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން ކާރާއި ސައިކަލުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕާކިންގ ސްޕޭސް ގާއިމްކުރުމުގެ އިތުރުން ކޮމާޝަލް ޑިވެލޮޕްމެންޓަށް ތަފާތު ސްޕޭސްތައް ތަރައްގީ ކުރުމަށް އާބަންކޯއިން ވަނީ ނިންމާފައެވެ.

ޓެގު