English Edition
Dhivehi Edition

ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުމުން، ދެން އެޕާޓީ މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޓްވިޓަރ މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައި ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ނުވުމުން، ދެން އެޕާޓީ މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށް ކަމަށެވެ. ފައްޔާޒްގެ އެ ޓްވީޓްގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށާއި، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް މަރުޙާބާ ވިދާޅުވެފައިވެއެވެ. އަދި އެ ޓުވީޓުގައި ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީން ދެން މަސައްކަތް ކުރާނީ ސަރުކާރު ހިންގާއިރު ޑިމޮކްރަސީގެ ހަމަތަކާއެކު ކުރިއަށްގެންދޭތޯ ކަށަވަރުކުރުމަށް ކަމަށެވެ.

ފައްޔާޒްގެ އިތުރުން ސަރުކާރާއި އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެނޑިޑޭޓަށް މަރުޙަބާ ދަންނަވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މި 5 އަަހަރު ކޮށްދެއްވި ޚިދުމަތަށް އެ ބޭފުޅުން ވަނީ ޝުކުރު އަދާކުރައްވާފައެވެ

އެމްޑީޕީއަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީން ވަނީ މީގެ ކުރިންވެސް ސަރުކާރުތަައް ޖަވާބުދާރީ ކުރުމަށްޓަކައި މަސައްކަތްކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ.މުޙައްމަދު މުއިއްޒުއާއި އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް ގިނަބަޔަކު އަންނަނީ މަރުހަބާ ދަންނަވަމުންނެވެ. ޑރ.މުޙައްމަދު މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ވާދަކުރައްވައެވެ.