English Edition
Dhivehi Edition

މިހާރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދާ އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުން އެދި މިއަދު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޑރ މުއިއްޒު މިފަދައިން އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު، ކާމިޔާބީއާ އެކު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ނޫސް ކޮންފަރެންސް އޮތީ މީރުމާ ހޯލްގަ އެވެ. މި ނޫސްކޮންފަރެންސްގައި ރަނިންމޭޓް ހުސެއިން މުހަންމަދު ލަތީފު ވެސް ބައިވެރިވެ ވަޑައިގަންނެވިއެވެ.