ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފިއެވެ.
އެނގިފައިވާ ގޮތުގައި ވާދޫގައި ބަހެއްޓި ވޯޓު ފޮށި ފަޅާލާފައިވަނީ އެތަނަށް ވޯޓުލާން ވަތް މީހަކު ކަމަށް މައުލޫމާތު ލިބެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވާދޫގައި ވޯޓު ލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅާލާފައިވާ މައްސަލަ ރިޕޯޓް ކޮށްފައިވާތީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އެމީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެކަމަކު، ވޯޓު ކަރުދާސްތަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާނަމަ، އެ ރަށުގައި ވެސް ވޯޓު ގުނުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވާދޫގައި ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅައިލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި، އެ މައްސަލައިގައި ހިމެނޭ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.