English Edition
Dhivehi Edition

މިއަދު ބާއްވާ ރިޔާސީ އިންތިހާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިމީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުންކަމަށެވެ. އަދި އެމީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތައް އަމާންކަމާ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ފުލުހުން އަންނީ “އޮޕަރޭޝަން ބްލޫ ވޭވްސް” ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ވަނީ ލިބިފައެވެ. މިއަދު ހެނދުނު 10:00 ޖެހުމާ އަމައަށް 65،600 މީހުން ވޯޓުލާފައިވާއިރު މިއީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވާ މީހުންގެ 23.20 އިންސައްތައެވެ.