ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ހެނދުނު 9:00 ޖެހުމާ ހަމައަށް 36،312 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީ އިން ބުނީ މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން 36،312 ވޯޓުލާފައިވާ ކަމަށެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 12.84 އިންސައްތައެވެ.
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 09:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/CfPHCh3tOZ
— Elections Commission (@ElectionsMv) September 30, 2023
މިހާތަނަށް ވޯޓުލާފައިވާ ގޮތަށް ބަލާއިރު 13،110 އަންހެނުން ވަނީ ވޯޓުލާފައެވެ. އަދި 23،202 ފިރިހެނުން ވަނީ ވޯޓުލާފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 586 ފޮށި ބަހައްޓާފައިވާއިރު އެންމެ ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓެއްގެ ވޯޓުލުން ވަނީ ފެށިފައެވެ.