English Edition
Dhivehi Edition
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޢަބްދުލް ޤައްޔޫމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން ވޯޓުލައްވައިފިއެވެ.

ރައީސް ޔާމީން ވޯޓު ލައްވާފައިވަނީ މާފުށީގައި ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި-2 އަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީން ވޯޓުލައްވަން ރަޖިސްޓްރީކޮށްފައި ނުވާއިރު އިންތިހާބުގެ ދެވަނަ ބުރުގައިވެސް އެ މަނިކުފާނު ވޯޓު ނުލައްވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ކުރިއަށް ދާއިރު އިންތިހާބުގައި ވަދަކުރާ އެމްޑީޕީ އާއި ޕީއެންސީއިންވެސް ވަނީ ވީހާވެސް އަވަހަކަށް ވޯޓުލުމަށް ގޮވާލާފައެވެ.